ޚަބަރު އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުން ކައުންސިލްތަކަށް ދޫކުރާ މާލީ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން، އަންނަ އަހަރަށް ލަފާކުރާ ބްލޮކް ގްރާންޓުގެ ޖުމްލަ އަދަދަކީ 2.5 ބިލިޔަން ރުފިޔާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މާލީ އަހަރު ފެށުމުގެ ދެ މަސްދުވަސް ކުރިން ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، ކައުންސިލްތަކުން 2027 އިން 2029 އަހަރަށް މެދު ރާސްތާ ބަޖެޓު އެކުލަވާލައި އަންނަ ސެޕްޓެމްބަރު 18 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރު ކަމަށްވާއިރު، މި އަހަރުގެ ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައެޅި 2.47 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ބަދަލުތަކާއެކު، ކުރިއަށް އޮތްތަނުގައި ބަޖެޓު ކަނޑައެޅުމުގައި އާބާދީގެ އިތުރުން ރަށުގެ ބިމުގެ ބޮޑުމިނަށްވެސް ރިއާޔަތްކުރާނެއެވެ.


    ޓެގް

    ފިނޭންސްމިނިސްޓްރީ

    މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

    ކޮމެންޓް (0)

    ލޯޑް ކުރަމުން...

    ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.