ކުޅިވަރު މިފަހަރުގެ އޯލް ސްޓަރ މެޗުން މެސީ ނުފެންނާނެ

މިފަހަރުގެ އޯލް ސްޓަރ މެޗުން މެސީ ނުފެންނާނެ

މިފަހަރުގެ އޯލް ސްޓަރ މެޗުން މެސީ ނުފެންނާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) އޯލް ސްޓަރ މެޗުގައި މިފަހަރުވެސް އިންޓާ މިއާމީގެ ތަރި ލިއޮނެލް މެސީ ނުކުޅޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިއީ ޖެހިޖެހިގެން އޯލް ސްޓަރ މެޗުގައި މެސީ ބައިވެރިނުވާ ދެވަނަ ފަހަރެވެ. ވޭތުވެދިޔަ ސީޒަނުގެ އޯލް ސްޓަރ މެޗުގައި ބައިވެރިނުވުމާ ގުޅިގެން ލީގުގެ ގަވާއިދުގެ ދަށުން އޭނާއަށް އެއް މެޗުގެ ސަސްޕެންޝަނެއް ދީފައިވީ ނަމަވެސް، މިފަހަރު މެސީއަށް އެފަދަ އަދަބެއް ނުދިނުމަށް ލީގުން ވަނީ ނިންމާފައެވެ.

ލީގުން އޭނާއަށް އިސްތިސްނާއެއް ދޭން ނިންމީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ފަހު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި މަހުގެ 19 ގައި ނިމުނު ވޯލްޑް ކަޕް ފައިނަލަށްފަހު، އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު މެސީގެ އިތުރުން އޭނާގެ ޓީމްމޭޓް ރޮޑްރީގޯ ޑިޕޯލްއަށްވެސް ޗުއްޓީ ދީފައިވާތީ، މެޗުގައި ބައިވެރިނުވިޔަސް މައްސަލައެއް ނެތް ކަމަށް އެމްއެލްއެސްއިން ވަނީ ހާމަކޮށްފައެވެ.

ވޯލްޑް ކަޕް ނިންމާލުމަށްފަހު އިންޓާ މިއާމީން ކުޅުނު ފަހު ދެ މެޗުގައިވެސް މެސީ އާއި ޑިޕޯލް ކުޅެފައެއް ނުވެއެވެ. ޗުއްޓީއަށްފަހު ދެ ކުޅުންތެރިން އެނބުރި މިއާމީގެ ކްލަބާ ގުޅޭނެ ވަކި ތާރީޚެއް އަދި ކްލަބުން އިއުލާނެއް ނުކުރެއެވެ.


ޓެގް

މެސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.