ޚަބަރު ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 66 ބޭފުޅަކަށް ހަނދާނީ ލިޔުން އަރުވައިފި

ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 66 ބޭފުޅަކަށް ހަނދާނީ ލިޔުން އަރުވައިފި

ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 66 ބޭފުޅަކަށް ހަނދާނީ ލިޔުން އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ 66 ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން މިއަދު އަރުވައިފިއެވެ.

މި އިނާމުތައް އެ ބޭފުޅުންނަށް އަރުވާފައިވަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދުގެ ޖަލްސާގައި އިނާމު އެރުވި ބޭފުޅުންނަކީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވީ ނަމަވެސް، މިހާތަނަށް އެކަމުގެ އަގުވަޒަންކުރުމުގެ އިނާމު ލިބިވަޑައިގެންފައިނުވާ ބޭފުޅުންނެވެ.

އެ ބޭފުޅުންނަށް އިނާމު ދެއްވުމަށް ނިންމަވައި ރައީސް އޮފީހުން ވަނީ އެ ބޭފުޅުންގެ ރެކޯޑުތައް ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ. އަދި ކޮމިޓީން އެ މައުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރުމަށްފަހު، އިނާމު ދީފައިވަނީ ޝަރުތު ހަމަވި ބޭފުޅުންނަށެވެ.

މި ޖަލްސާގައި ދައުލަތަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު ހަތަރު ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެއީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. މުހައްމަދު ލަތީފާއި، ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރެއްވި އިބްރާހީމް ރަޝީދު މޫސާގެ އިތުރުން ޓޫރިޒަމް ދާއިރާގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ ހުސެން އަފީފާއި މުހައްމަދު މޫސާ (އުއްޗު) އެވެ.


ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިނިވަންދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.