ޚަބަރު ބޮޑުތަކުރުފާނުމަގު އެއްނަމްބަރު ފާލަން ސަރަހައްދަށް ބޮޑު ބަދަލެއްގެނެސް މަސައްކަތްތައް ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

ބޮޑުތަކުރުފާނުމަގު އެއްނަމްބަރު ފާލަން ސަރަހައްދަށް ބޮޑު ބަދަލެއްގެނެސް މަސައްކަތްތައް ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

ބޮޑުތަކުރުފާނުމަގު އެއްނަމްބަރު ފާލަން ސަރަހައްދަށް ބޮޑު ބަދަލެއްގެނެސް މަސައްކަތްތައް ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ބާޒާރުމަތީގެ ކާރޫބާރޫ ބޮޑު ސަރަހައްދުގެ ދަތުރުފަތުރަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، ބޮޑުތަކުރުފާނުމަގު އެއްނަމްބަރު ފާލަން ނުވަތަ ޖެޓީ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުޅި ރިންގް ރޯޑްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް ސަރުކާރުންއަމާޒު ހިފާފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރމުހައްމަދު މުއިއްޒު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ އެންމެ މުހިންމު ބޭނުމަކީ އެއްނަމްބަރު ފާލަން ކައިރިން ލޯންޗުފަހަރަށް އަރައިފޭބުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މިހާރު އެ ސަރަހައްދުގައި ފަޅުތެރެއާއި ފާލަންތައް އޮތްގޮތުން، އެއް ލޯންޗުން އަނެއް ލޯންޗަށް ގިރާކޮށްގެން އަރަންޖެހުމުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި ތަކްލީފުތަކަކާ ކުރިމަތިލާންޖެހެއެވެ.

ސަރުކާރުން ރާވާފައިވާ އާ ނިޒާމުގެ ދަށުން، ލޯންޗުތައް ސީދާ ފާލަމަށް ގާތްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން މަގު ހަތަރު ލޭނަށް ފުޅާކުރެވި، ޕާކުކުރާނެ ޖާގަތައް ހައްސަކުރެވުމާއެކު، ބާޒާރުމަތީގެ އެއްގަމު ދަތުރުފަތުރަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މާލޭގެ ވަށައިގެންވާ މަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ ދަށުން އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ހުރި މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓުން 144.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ.


ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.