ޚަބަރު

ގޭގެ ކޮފީ ޓޭބަލް މަތިން ފެނުނު ގިނަ އަދަދެއްގެ ފައިސާއާއި ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

އެކި ތަންތަނުގައި ކަޅު ކޮތަޅުތަކުގައި ފޮރުވާފައި ހުރި 3 ލައްކައަށްވުރެ ގިނަ ރުފިޔާއާއި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ މާޝާ އިބްރާހީމާއި 58 އަހަރުގެ މުޙައްމަދު ޢުމައިރެވެ. ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި ފުރަތަމަ އުމައިރު ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅޭ ގެޔަށް ފުލުހުން ދިޔައިރު އެ ގޭގައި މާޝާވެސް ހުއްޓެވެ.

އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތީގެ އިތުރުން ވިޔަފާރިކުރުމަށް ބޭނުންކުރާ ތަކެއްޗާއި ސިޓިންރޫމް ކޮފީ ޓޭބަލް މަތީގައި އޮތް ކަޅު ކޮތަޅަކުން 387،500 ރުފިޔާ ފެނިފައިވެއެވެ. ފުލުހުން ސުވާލުކުރުމުން އެ ފައިސާއަކީ އުމައިރުގެ ތަކެތި ކަމަށް ބުނެފައިވާއިރު، މާޝާގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވާކަމުގެ ހެކިވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ވަނީ އެ މަސްތުވާތަކެއްޗަކީ އެ މީހުންގެ ތަކެތި ކަމަށާއި ފެނުނު ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބިފައިވާ ފައިސާކަމަށް އިއުތިރާފުވެފައެވެ. މި މައްސަލައިގައި މާޝާގެ ބަންދަށް އިތުރު 15 ދުވަސް ދީފައިވާއިރު، އުމައިރުގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close