ޚަބަރު ދަރުމަވަންތައާއި އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމަށް ދިވެހި 16 ޑޮކްޓަރަކު ގުޅިއްޖެ

ދަރުމަވަންތައާއި އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމަށް ދިވެހި 16 ޑޮކްޓަރަކު ގުޅިއްޖެ

ދަރުމަވަންތައާއި އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމަށް ދިވެހި 16 ޑޮކްޓަރަކު ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗަށް މިއަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރަކު ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު ގުޅިވަޑައިގެންފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ހާމަކުރެއްވި ގޮތުގައި، ޚިދުމަތާ އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ބައެއް ދާއިރާތަކުގެ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

މީގެއިތުރުން ކަށީގެ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކުގެ އިތުރުން ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ ދާއިރާތަކުންވެސް އިތުރު ޑޮކްޓަރުން ވަނީ މި ހޮސްޕިޓަލްތަކުގެ ޚިދުމަތާ ގުޅިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފްކޮށް، ހިތާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ޒަމާނީ ޚިދުމަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މިއީ ސިއްޙީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު ނުހަނު ބޮޑަށް ކުޑަކުރެވިގެންދާނެ ކަމެއްކަން ފާހަގަކުރައްވައި، ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުން އާންމުންނަށް ހިތްހެޔޮކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސީއީއޯ ވަނީ އިލްތިމާސް ކުރައްވާފައެވެ.


ޓެގް

ދަރުމަވަންތަ ހޮސްޕިޓަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.