ޚަބަރު ބޭސްތައް ހަމަކޮށް އެންޓިބަޔޮޓިކްސް ރެސިސްޓަންސްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

ބޭސްތައް ހަމަކޮށް އެންޓިބަޔޮޓިކްސް ރެސިސްޓަންސްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

ބޭސްތައް ހަމަކޮށް އެންޓިބަޔޮޓިކްސް ރެސިސްޓަންސްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ބޭހަށް ނުގުޑާ މައްސަލަ ނުވަތަ “އެންޓިބަޔޮޓިކްސް ރެސިސްޓަންސް” ބޮޑުވަމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއަށް ތައާރަފްކޮށް، ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ފަށާފިއެވެ.

ބަލިމީހުންނަށް ދޭ ފުރަތަމަ ލައިންގެ ބޭސްތައް މަސައްކަތް ނުކުރާ ހާލަތްތަކުގައި ބޭނުންކުރަންޖެހޭ ސެކަންޑް ލައިންގެ ބޭސްތައް ސްޓޮކްގައި އެކަށީގެންވާ ވަރަށް ހުރުމަކީ، ބަލިމީހާ އަވަހަށް ފަސޭހަވުމުގެ އިތުރުން ރެސިސްޓަންސްގެ ނުރައްކާ ކުޑަކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.

މި އާ އަމާޒުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ފާމަސީތަކުން ލިބޭނެ ގޮތް ހެދުމަށެވެ. މީގެ އިތުރުން ޑޮކްޓަރުން އާންމުކޮށް ލިޔެދޭ ބޭސްތައް ދެނެގަނެ، ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ. އަމާޒަކީ ހޮސްޕިޓަލްތަކުގެ ފާމަސީތަކަށް ދައްކާ ކޮންމެ ބޭސް ސިޓީއަކަށް ބޭނުންވާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމެވެ.

ރަށްރަށުގައި ބޭސް ލިބުމަށް ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެކި ސަރަހައްދުތަކުގެ އާބާދީއަށް އާންމުކޮށް ބޭނުންވާ ބޭސްތައް ދެނެގަތުމުގެ މަޝްވަރާތައް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ޑޮކްޓަރުންނާއެކު މިހާރު ވަނީ ފަށާފައެވެ. މިގޮތަށް ކަންކަން ރޭވުމުން ކޮންމެ ރަށަކަށް ވެސް އެންމެ ބޭނުންތެރި ބޭސްތައް އެ ރަށެއްގައި ރައްކާކުރެވި، ބޭސް އިސްރާފުވުން ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.


ޓެގް

ސްޓޭޓް ފާމާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.