ޚަބަރު ގިރިފުށި ބޮޑުކުރުމުގެ މަޝްރޫޢު ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ގިރިފުށި ބޮޑުކުރުމުގެ މަޝްރޫޢު ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ގިރިފުށި ބޮޑުކުރުމުގެ މަޝްރޫޢު ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު މި މަސައްކަތް ބައްލަވާލެއްވީ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސްގެ އަރިހުގައި ދިފާޢީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި، ގިރިފުށީގެ މިހާރުގެ ބިމަށް 13.3 ހެކްޓަރުގެ ސަރަޙައްދެއް އިތުރުކުރެވޭނެއެވެ. މީގެ އިތުރުން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށި ލުމާއި، ދެ ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. ހަމައެއާއެކު، ސިފައިންގެ ތަމްރީނުތަކަށް ޚާއްޞަކޮށްގެން 300 މީޓަރުގެ އައު ފަޔަރިންގ ރޭންޖެއް ވެސް އެ ރަށުގައި ބިނާކުރާނެއެވެ.

މި މަޝްރޫޢު މުޅިން ނިމުމުން، ކުރިއަށް އޮތް ތަނުގައި ގިރިފުށި ވެގެންދާނީ “ދިވެހި ވަޠަނީ ޚިދުމަތް” ތަމްރީންތައް ކުރިއަށްގެންދާ މައި މަރުކަޒަށެވެ. އަދި އެ ރަށުގައި ސިފައިންގެ އޮފިސަރުންނާއި އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާނެ ޒަމާނީ ވަޞީލަތްތަކާއި އެކޮމޮޑޭޝަން ބްލޮކްތައް ޤާއިމުކުރުމަށް ވެސް ވަނީ ރޭވިފައެވެ.

ޓެގް

އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.