ޚަބަރު އައްޑޫ ހަންކެޑެ ތަރައްޤީކުރަން ސަރުކާރުން އާ ކުންފުންޏެއް އުފައްދައިފި

އައްޑޫ ހަންކެޑެ ތަރައްޤީކުރަން ސަރުކާރުން އާ ކުންފުންޏެއް އުފައްދައިފި

އައްޑޫ ހަންކެޑެ ތަރައްޤީކުރަން ސަރުކާރުން އާ ކުންފުންޏެއް އުފައްދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުންފުނީގެ ޤާނޫނުގެ ދަށުން “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.

މި ކުންފުނި އުފެއްދެވިކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

މި ކުންފުނި އުފެއްދުމުގެ މައިގަނޑު ބޭނުމަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލްއެއްގެ ދަށުން އައްޑޫ ހަންކެޑެ ތަރައްޤީކޮށް، އެ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދީ، ސަރުކާރުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް މި ކުންފުނީގެ އަމާޒެކެވެ.

ޓެގް

ރައީސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.