ޚަބަރު އާސަންދައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަތޮޅުތެރޭގެ 8 ރަށެއްގައި އައު ކައުންޓަރުތައް ހުޅުވައިފި

އާސަންދައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަތޮޅުތެރޭގެ 8 ރަށެއްގައި އައު ކައުންޓަރުތައް ހުޅުވައިފި

އާސަންދައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އަތޮޅުތެރޭގެ 8 ރަށެއްގައި އައު ކައުންޓަރުތައް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރާއްޖޭގެ އިތުރު 8 ރަށެއްގައި އާސަންދައިގެ ކައުންޓަރުތައް އަލަށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އަލަށް ހުޅުވި ކައުންޓަރުތަކާއެކު، އަތޮޅުތެރޭގެ 11 ސަރަޙައްދަކުން މިހާރު އާސަންދައިގެ ކައުންޓަރު ޚިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އާސަންދަ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، އަލަށް މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ދ. ކުޑަހުވަދޫގައެވެ. މި ބަދަލާއެކު، ބޭސްފަރުވާގެ އެހީއަށް އެދުމަށާއި ކުންފުންޏާ ގުޅުންހުރި އެކި އިދާރީ ކަންކަން ނިންމުމަށްޓަކައި ރަށުން ބޭރަށް ދަތުރުކުރަންޖެހޭ ޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މީގެކުރިން އާސަންދައިގެ ޚާއްސަ ‘ވިރަ’ ކައުންޓަރުތަކުގެ ޚިދުމަތް ލިބެމުންދިޔައީ ހަމައެކަނި މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީންނެވެ. ނަމަވެސް އަލަށް އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަބަބުން، ޚިދުމަތް ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އާސަންދައިން ޔަގީންކަންދެއެވެ.

މީގެ އިތުރުން، އާސަންދައިގެ ޚިދުމަތްތަކަށް އެދުން އިތުރަށް ލުއިފަސޭހަކުރުމުގެ ގޮތުން ‘މައި އާސަންދަ ޕޯޓަލް’ ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ‘އީފާސް’ މެދުވެރިކޮށް ލޮގިންވެވޭ މި ޕޯޓަލްގެ އެހީގައި، ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފަސޭހަކަމާއެކު ބޭސްފަރުވާގެ އެހީއަށް އެދި ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.


ޓެގް

އާސަންދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.