ޚަބަރު ބޭރު ފައިސާގެ ހޭދަ ބޮޑުވެ ރަސްމީ ރިޒާވް ދަށްވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް މަތިވެއްޖެ

ބޭރު ފައިސާގެ ހޭދަ ބޮޑުވެ ރަސްމީ ރިޒާވް ދަށްވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް މަތިވެއްޖެ

ބޭރު ފައިސާގެ ހޭދަ ބޮޑުވެ ރަސްމީ ރިޒާވް ދަށްވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް މަތިވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރުގަދަވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 248.9 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ހުރި 203.0 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.

ޔޫސަބަލް ރިޒާވް މިދިޔަ އަހަރަށްވުރެ އިތުރުވި ނަމަވެސް، ރާއްޖޭގެ ޖުމްލަ ރަސްމީ ރިޒާވް (ގްރޮސް ރިޒާވް) ވަނީ ދަށްވެފަ އެވެ. އެގޮތުން ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ މޭ މަހާ އަޅާބަލާއިރު 18.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 17.5 އިންސައްތަ ނުވަތަ 145.6 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ރަސްމީ ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ޑޮލަރަށް އޮތް ބޮޑު ޑިމާންޑާ ގުޅިގެން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފަ އެވެ. މީގެ އިތުރުން، މި މުއްދަތުގައި ބޭނުންކުރެވޭ ރިޒާވުން ވެސް ވަނީ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރު ދަށްވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މާޗް މަހު ރާއްޖޭގެ ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފަ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުގެ ތެރޭގައި ކަން ފާހަގަކުރެވެ އެވެ.


ޓެގް

އެމްއެމްއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.