ޚަބަރު ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތްތަކާއެކު ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް!

ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތްތަކާއެކު ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް!

ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތްތަކާއެކު ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް މިއަދު ފުރަތަމަ ޓާމުގެ ޗުއްޓީ ލިބިއްޖެއެވެ.

މިއަދު ސްކޫލްތަކުގައި ރިޕޯޓް ފޮތް ދިނުމާއެކު ފެށުނު މި ޗުއްޓީގައި، ހަފުތާ ބަންދުގެ ދުވަސްތައް ހިމެނޭހެން ޖުމްލަ 16 ދުވަސް ދަރިވަރުންނަށް ލިބޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި ޗުއްޓީއަށްފަހު ދެން ސްކޫލްތަކުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ހިނގާ ދިރާސީ އަހަރުގެ ތެރޭގައި ދަރިވަރުން ޖުމްލަ 199 ދުވަހު ސްކޫލްގައި ތައުލީމު ހާސިލްކުރާނެ ކަމަށް ކަލަންޑަރުން ދައްކައެވެ.

މި ޓާމު ބަންދަށްފަހު ދަރިވަރުން ދެން އެންމެ ބޮޑަށް ތައްޔާރުވާން ޖެހޭނީ އަންނަ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އަދި އޭލެވެލް އިމްތިހާނަށެވެ. އެއަށްފަހު، މި އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު 18 ގައެވެ. އެ ޗުއްޓީ ޖެނުއަރީ 12 އަށް ދެމިގެންދާއިރު، އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައިވަނީ 17 ޖެނުއަރީގައެވެ.


ޓެގް

އެޑިޔުކޭޝަން މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.