ބޭރުދުނިޔެ މައްކާގައި ދައްކާލުމަށް ބެހެއްޓިފައިވާ ޤުރުއާން މުޞްޙަފެއް

މައްކާގައި ދައްކާލުމަށް ބެހެއްޓިފައިވާ ޤުރުއާން މުޞްޙަފެއް

މައްކާގައި ދައްކާލުމަށް ބެހެއްޓިފައިވާ ޤުރުއާން މުޞްޙަފެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްމަސްޖިދުލް ޙަރާމް އަދި މަސްޖިދުއް ނަބަވީގެ ދީނީ ކަންތައްތަކާ ބެހޭ ރިޔާސަތުން، ކިންގް ޢަބްދުލްޢަޒީޒް އެންޑޯމަންޓްގައި އިންތިޒާމުކޮށްފައިވާ “އިޤްރައު” މައުރަޒަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަން، އެތަނުގައި ބެހެއްޓިފައިވާ ޤުރުއާން މުޞްޙަފަކަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

މި މުޞްޙަފަކީ މި މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް އާސާރަށް ވާއިރު، މިއީ ޒަމާނުއްސުރެ މުސްލިމުން ކީރިތި ޤުރުއާނަށް ދެމުންދާ މަތިވެރި ޤަދަރާއި އަހަންމިއްޔަތު ރަމްޒުކޮށްދޭ ހެއްކެކެވެ.

މި މައުރަޒުގައި ފެންނަން ހުރީ މީގެ 1,000 އަށްވުރެ ގިނަ އަހަރު ކުރިން، މަޝްހޫރު ޚައްޠާޠު އިބްނު އަލްބައްވާބް (ޢަލީ ބިން ހިލާލް) ލިޔުއްވާފައިވާ މުޞްޙަފެކެވެ.

މި މުޞްޙަފާއެކު، އޭގެ ލިޔުންތެރިކަމާއި ފަރުމާކުރުމާ ގުޅޭ ޢިލްމީ ދިރާސާތަކާއި ތަފްޞީލުތައް ވެސް ހިމަނާފައިވެއެވެ. މީގެ ސަބަބުން، ޢަރަބި ލިޔުންތެރިކަމާއި އިސްލާމީ ކުރެހުންތަކާއި ފަންނުވެރިކަމަށް ޒަމާނަށް އައި ބަދަލުތައް ދެނެގަތުމަށާއި، މި މުޞްޙަފުގެ ތާރީޚީ އަދި ފަންނީ އަގު ވަޒަންކޮށްލުމުގެ ފުރުޞަތު ޒިޔާރަތްތެރިންނަށް ލިބިގެންދެއެވެ.

މި މުޞްޙަފަކީ އޭގެ ޢިލްމީ، ފަންނީ އަދި ތާރީޚީ އަގުބޮޑުކަމުން، ދުނިޔޭގައިވާ އެންމެ ނާދިރު އިސްލާމީ އާސާރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މުޅި ދުނިޔޭގައިވެސް މީގެ އެންމެ ދެ ނުސްޚާ އޮތްއިރު، މިއީ އިސްލާމީ ތާރީޚުގައި ކީރިތި ޤުރުއާނަށް ދެވިފައިވާ މަތިވެރި ދަރަޖަ ވަރަށް ފުރިހަމައަށް ހާމަކޮށްދޭ ކަމެކެވެ.

ޓެގް

މައްކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.