ޚަބަރު އަމްރީތާ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ފަރުވާ ދިނުން ޕެކޭޖު އުސޫލަށް ބަދަލުކުރަނީ

އަމްރީތާ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ފަރުވާ ދިނުން ޕެކޭޖު އުސޫލަށް ބަދަލުކުރަނީ

އަމްރީތާ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ފަރުވާ ދިނުން ޕެކޭޖު އުސޫލަށް ބަދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުން އާސަންދަ ސްކީމްގެ ދަށުން ދިވެހި ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހާއްސަ ޕެކޭޖުތަކެއްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް އާސަންދަ ކުންފުނިން ފަށައިފިއެވެ.

އާސަންދައިން ބުނިގޮތުގައި މި ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރަމުންދަނީ އެ ހޮސްޕިޓަލާއެކު ކުރިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެހެންކަމުން، އާ އެއްބަސްވުމެއް އެކުލަވައިލެވެންދެން އެ ހޮސްޕިޓަލަށް އަލަށް ބަލިމީހުން ފޮނުވުން މިވަގުތަށް ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް، މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހި ބަލިމީހުންނަށް އެއްވެސް މެދުކެނޑުމެއް ނެތް ގޮތުގައި އާސަންދައިގެ ޚިދުމަތް ލިބެމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވި ގޮތުގައި، ކުރިން އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމަކީ ކޮންމެ މެޑިކަލް ޕްރޮސީޖާއަކަށް ވަކިން ބިލްކުރާ ގޮތަށް އޮތް އެއްބަސްވުމެކެވެ. އެހެންނަމަވެސް، މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ބޭނުމަކީ ބަލިމީހުންނަށް ކުރާ ހަރަދުތައް ކުޑަކޮށް، ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ހާއްސަ ޕެކޭޖުތަކެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމެވެ.

އަމްރީތާ ހޮސްޕިޓަލަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އަދި ގިނަ އަދަދެއްގެ ބަޔަކު އާސަންދައިގެ އެހީގައި މިހާތަނަށް ވެސް ފަރުވާ ހޯދަމުން އައިސްފައިވާ ހޮސްޕިޓަލެކެވެ.


ޓެގް

އާސަންދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.