ޚަބަރު އޭލެވެލް އިމްތިޙާނުގައި އަމިއްލައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އޭލެވެލް އިމްތިޙާނުގައި އަމިއްލައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އޭލެވެލް އިމްތިޙާނުގައި އަމިއްލައަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްބްރިޖް އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި، އެޕްލިކޭޝަން ފޯމު ދޫކުރަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން މިއަދު ފަށައިފިއެވެ.

އަންނަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައި ކުރިއަށްދާ މި އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން އެދޭ ދަރިވަރުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހިނގާ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00 އެވެ. ޑީޕީއީން ބާރުއަޅަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ދަރިވަރުންވެސް ފޯމު ހުށަހަޅައި ނިންމުމަށެވެ.

މިފަހަރުގެ އިމްތިޙާނަށް ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުޅިން އޮންލައިންކޮށް، ގޫގުލް ފޯމު މެދުވެރިކޮށެވެ.

މީގެ އިތުރުން، އިމްތިޙާނާ ގުޅޭ ފީތައް ދެއްކުމުގެ އިންތިޒާމުތައް ސަރުކާރުގެ ރަސްމީ ޕޭމަންޓް ޕޯޓަލް ކަމަށްވާ “ބަނޑޭރި ޕޭ” މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އެޑިޕާޓްމަންޓުން މަޢުލޫމާތު ދެއެވެ.

މި އިމްތިޙާނާ ބެހޭ އިތުރު ތަފްޞީލީ މަޢުލޫމާތާއި، ފޯމު ހުށަހަޅަންވީ ގޮތުގެ އިރުޝާދުތައް ޑީޕީއީގެ ރަސްމީ ލިންކްޓްރީ ޕޭޖުން މިހާރު ފެންނަން ހުންނާނެއެވެ.


ޓެގް

ޑީޕީއީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.