ޚަބަރު މާލީ ދާއިރާގެ އާ ފުރުޞަތުތަކާއެކު “ފައިނޭންޝަލް އެކްސްޕޯ 2026” ރައީސުލްޖުމުހޫރިއްޔާ ހުޅުއްވައިދެއްވައިފި

މާލީ ދާއިރާގެ އާ ފުރުޞަތުތަކާއެކު “ފައިނޭންޝަލް އެކްސްޕޯ 2026” ރައީސުލްޖުމުހޫރިއްޔާ ހުޅުއްވައިދެއްވައިފި

މާލީ ދާއިރާގެ އާ ފުރުޞަތުތަކާއެކު “ފައިނޭންޝަލް އެކްސްޕޯ 2026” ރައީސުލްޖުމުހޫރިއްޔާ ހުޅުއްވައިދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި ޚިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އިންތިޒާމުކުރާ “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މާލީ އިދާރާތަކުން ތައާރަފުކުރާ އާ އުފެއްދުންތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ، އެކި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން އަޅާކިޔާލުމަށް އާންމުންނަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މި އެކްސްޕޯގެ ތެރެއިން އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި، އިންޝުއަރެންސް ނެގުން ފަދަ ކަންކަމުގައި މާލީ އިދާރާތަކުން އާންމުންނަށް ސީދާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، މި އެކްސްޕޯގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭ މަޝްވަރާތަކާއި، ދާއިރާގެ މާހިރުން ބައިވެރިވާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އަދި އާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަ މާލީ ހޭލުންތެރިކަމުގެ ހަރަކާތްތަކެއް ވެސް އެކްސްޕޯގެ ތެރެއިން އިންތިޒާމުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން މައުލޫމާތުދެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.