ޚަބަރު މިނިވަން 60 ގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ވަޒީރު ހީނާ ވިދާޅުވެއްޖެ

މިނިވަން 60 ގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ވަޒީރު ހީނާ ވިދާޅުވެއްޖެ

މިނިވަން 60 ގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ވަޒީރު ހީނާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ އެ މުނާސަބަތާ ގުޅިގެން އެ ވުޒާރާއިން ހިންގި ތަފާތު ހަރަކާތްތަކަށް ހިނގި ޖުމްލަ ހަރަދު ކަމަށެވެ.

ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މިނިވަން ދުވަހުގެ މި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ހަމައެކަނި މާލޭގައެވެ. އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި މުނާސަބަތާ ގުޅިގެން އެ ވުޒާރާއިން އެއްވެސް ހަރަކާތެއް ހިންގާފައި ނުވާތީ، މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި މިކަމަށް އެއްވެސް ހަރަދެއް ހިނގާފައި ނުވާކަން ވަޒީރު ޔަގީންކޮށްދެއްވިއެވެ.

މިދިޔަ އަހަރު ކުލަގަދަކޮށް ބޭއްވި މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހަރަކާތްތަކަކީ ރާއްޖޭގެ މިނިވަންކަމުގެ އަލމާސް ޔޫބީލް ފާހަގަކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.

ޓެގް

ހީނާ ވަލީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.