ޚަބަރު އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮނުވެވިގެން އުޅޭ ސަބަބު މިނިސްޓަރު އަމީން ހާމަކުރައްވައިފި

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮނުވެވިގެން އުޅޭ ސަބަބު މިނިސްޓަރު އަމީން ހާމަކުރައްވައިފި

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮނުވެވިގެން އުޅޭ ސަބަބު މިނިސްޓަރު އަމީން ހާމަކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް ހުރި އެންމެ ބޮޑު ހުރަހަކީ ބޯޓުތައް އޮޕަރޭޓްކުރުމުގެ ޚަރަދު ބޮޑުވުމާއި ރާއްޖޭގެ އާބާދީ ކުޑަވުން ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ އޭޓީއާރު ބޯޓުތަކުގެ ޚަރަދުތައް ހުރި ގޮތުންނާއި ދަތުރުކުރާ މީހުންގެ އަދަދު މަދުވުމުން އަގު ދަށްކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޭރުގެ ހަނގުރާމަތަކާ ގުޅިގެން އެއާލައިންތަކުގެ އޮޕަރޭޝަނަލް ޚަރަދު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާ ކަމަށެވެ. ނަމަވެސް، ހިނގާ ޚަރަދަށް ބަލާއިރު ރާއްޖޭގެ ޓިކެޓް އަގުތަކަކީ ބޮޑު އަގުތަކެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މޯލްޑިވިއަންގެ ޓިކެޓް އަގުތަކަށް ބަދަލު ގެނައި ނަމަވެސް، އެ ބަދަލު އައީ ހަމައެކަނި ފަތުރުވެރިންނަށް ވިއްކާ ޓިކެޓަށް ކަމަށާއި ދިވެހިންނަށް އަދިވެސް ޓިކެޓް ލިބެނީ ކުރީގެ އަގުތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޚަރަދުތައް ކުޑަކޮށްގެން އަގު ހެޔޮކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓެގް

އަމީން މޯލްޑިވިއަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.