ޚަބަރު މަޝްރޫއުތައް ހަރުދަނާކޮށް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމައިފި

މަޝްރޫއުތައް ހަރުދަނާކޮށް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމައިފި

މަޝްރޫއުތައް ހަރުދަނާކޮށް އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފިއެވެ.

މިގޮތުން ސަރުކާރުގެ މަޝްރޫއުތައް ވިލަރެސްކުރާ “ދުވެލި” ޕޯޓަލް އާއި “ޕީއައިއެމްސް” ޕޯޓަލް މި ހަފްތާގެ ނިޔަލަށް އަދާހަމަކޮށް، މައުލޫމާތުތައް ވަގުތުން ވަގުތަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަނޑައަޅާފައިވާކަމަސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މަޝްރޫއުތައް ހިންގުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށްޓަކައި މާލީ ވުޒާރާގައި ހާއްސަ ޓީމެއް ގާއިމުކުރުމަށާއި، ކޮންމެ ވުޒާރާއެއްގައި މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ހާއްސަ ޔުނިޓެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ. ވަކިން ހާއްސަކޮށް، ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ނިންމި އެހެން މުހިންމު ކަންކަމުގެ ތެރޭގައި، 2027 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް ނިންމުމާއި، އަތޮޅުތެރޭގައި ކެމިކަލް ގުދަން ކުރާނެ ތަންތަން ހަމަޖެއްސުމުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރު، ރައްކާތެރި ތަންތަނަށް އިސްކަންދިނުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ،

ޓެގް

ރައީސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.