ޚަބަރު ކުދި ވިޔަފާރިތައް ދުނިޔޭގެ ބާޒާރާ ގުޅުވައިދީ، މާލީ އެހީތެރިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކުދި ވިޔަފާރިތައް ދުނިޔޭގެ ބާޒާރާ ގުޅުވައިދީ، މާލީ އެހީތެރިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކުދި ވިޔަފާރިތައް ދުނިޔޭގެ ބާޒާރާ ގުޅުވައިދީ، މާލީ އެހީތެރިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްކަން ފާހަގަކުރައްވައި، “މޯލްޑިވްސް 2.0” ގެ ދަށުން އެފަދަ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ބައިނަލްއަޤްވާމީ މާކެޓްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެސްއެމްއީ ދުވަހުގެ މުނާސަބާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި ކުދި ވިޔަފާރިތަކުން އަދާކުރާ ދައުރު ސަރުކާރުން ބަލައިގަންނަ ކަމަށެވެ.

ވިޔަފާރިތައް ފުޅާކުރުމަށްޓަކައި އަލިބާބާ އަދި ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ޚިދުމަތް ރާއްޖެއަށް ފަހިކޮށްދިނުމުގެ މަސައްކަތް ބާރުގަދަކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ކްރިއޭޓަރ ހަބްތަކާއި ޑިޖިޓަލް ފައިނޭންސިންގ މެދުވެރިކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވިޔަފާރިވެރިންނަށް ކުރިއަށް ދެވޭނެ މަގު ސަރުކާރުން ތަނަވަސްކޮށްދޭނެއެވެ.

ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައި، 2026 އަދި 2027 ވަނަ އަހަރަކީ އެ ދާއިރާގެ ރަން އަހަރުތަކުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ހުރިހާ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެހެން، ވިޔަފާރިތަކަށް ބޭނުންވާ ފަހި މާޙައުލެއް ބިނާކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.