ޚަބަރު ފުވައްމުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

ފުވައްމުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

ފުވައްމުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުވައްމުލައް ސިޓީގައި 12 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއްގެ ދަށުން ބިނާކުރި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ހުޅުއްވައިދެއްވި މި މަރުކަޒަކީ، އޮޑިޓޯރިއަމަކާއި، ލައިބްރަރީއަކާއި، ޒަމާނީ ކްލާސްރޫމްތަކުގެ އިތުރުން ޙިފްޒު ޓެސްޓުކުރާނެ ޚާއްޞަ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ފުރިހަމަ މަރުކަޒެކެވެ.

މި މަރުކަޒާއެކު ފުވައްމުލަކުގައި ޤުރުއާން އުނގަންނައިދިނުމުގެ ފުރުޞަތުތައް ފުޅާވެ، ޙާފިޒުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ސެންޓަރުގެ ސަބަބުން ރަށުގައި ޤުރުއާން ކްލާސްތައް އިތުރުވެ، އެކަމަށް ބޭނުންވާ މުދައްރިސުންގެ ޚިދުމަތްވެސް ފުޅާވެގެންދާނެއެވެ.

މުސްތަޤުބަލުގައި ފުވައްމުލަކު އިސްލާމިކް ސެންޓަރު ބިނާކޮށް ނިމުމުން، މިހާރު ހުޅުވުނު ޤުރުއާން މަރުކަޒު ވަޤުފު ބިނާއަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެތަނުން ލިބޭ ކުލީގެ އާމްދަނީ ސިޓީގެ ދީނީ ކަންކަން ކުރިއެރުވުމަށް ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އަލަށް ބިނާކުރާ އިސްލާމިކް ސެންޓަރުގެ ޑިޒައިން ކޮންސެޕްޓް މިހާރު ވަނީ ސިޓީ ކައުންސިލާ ޙިއްޞާކުރެވިފައެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.