ކުޅިވަރު

ވޯލްޑް ކަޕް2026: ޖަޕާނާއި ސްވިޑަން ބައްދަލުކުރި މެޗު އެއްވަރުވެ، ދެ ޓީމުވެސް މުބާރާތުގެ ގަދަ 32 އަށް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ޖަޕާނާއި ސުވިޑަން ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރުން ނުވަތަ ގަދަ 32 ޓީމުގެ ބުރުން ޖާގަ ކަށަވަރުވެއްޖެއެވެ.

އެމެރިކާގެ އެޓީއެންޑްޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު ދެ ޓީމުވެސް ވަނީ ގްރޫޕްގެ ކުރެލި ހޯދައި، އޮޓޮމެޓިކް ކޮލިފިކޭޝަނެއް ކަށަވަރުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މެޗުގެ 56 ވަނަ މިނެޓުގައި ޖަޕާނުގެ ޑައިޒެން މަައެޑާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. ޖަޕާނުން ލީޑު ނެގި ނަމަވެސް، ސުވިޑަންއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 62 ވަނަ މިނެޓުގައި އެންތަނީ އެލަންގާގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި މެޗަކީ ދެ ޓީމުގައި ހިމެނޭ ޖަރުމަނު ބުންޑެސްލީގާގެ ގިނަ ތަރިންތަކެއްގެ ކުރިމަތިލުމެއް ފެނިގެންދިޔަ މެޗެކެވެ. އެގޮތުން ޖަޕާނުގެ ފެށި އެގާރައިގައި ބަޔާން މިއުނިކްގެ ހިރޯކީ އިޓޯ އަދި އެއިންޓްރެކްޓް ފްރެންކްފާާާާާޓްގެ ރިޓްސޫ ދޯއަން ހިމެނުނުއިރު، ވެސްޓަން ބްރޭމަންއަށް ކުޅޭ ޔުކިނާރީ ސުގަވާރާވެސް ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ފެށި އެގާރައިން ޖާގަ ހޯދާފައެވެ. ހަމައެއާއެކު ސުވިޑަންގެ ހޮލްސްޓައިން ކީލްއަށް ކުޅޭ އަލެކްސަންޑާ ބާންހާޑްސަންވެސް ވަނީ އެ ޓީމުގެ ވަރުގަދަ ލައިނަޕްގައި ހިމެނިގެން ކުޅެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close