ޚަބަރު ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ނިޒާމު ވަރުގަދަކުރުމަށް ޖަޕާނުން ޒަމާނީ ސިސްޓަމެއް ހަދިޔާކޮށްފި

ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ނިޒާމު ވަރުގަދަކުރުމަށް ޖަޕާނުން ޒަމާނީ ސިސްޓަމެއް ހަދިޔާކޮށްފި

ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ނިޒާމު ވަރުގަދަކުރުމަށް ޖަޕާނުން ޒަމާނީ ސިސްޓަމެއް ހަދިޔާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ވަރުގަދަކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ހަދިޔާކުރި “ފޭޝަލް ރިކޮގްނިޝަން ސިސްޓަމް” މިއަދު ރަސްމީކޮށް ދިވެހި ދައުލަތާ ހަވާލުކޮށްފިއެވެ.

އެމްއޭސީއެލްގައި ބޭއްވި މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި ސިސްޓަމް ހަވާލުކޮށްދެއްވީ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މީގެއާ ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.

މި ސިސްޓަމަކީ ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ އައިޑެންޓިޓީ ކަށަވަރުކުރުމާއި، މައުލޫމާތު އަވަހަށް ސާފުކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް އިތުރަށް ހަރުދަނާވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ. ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ވެދެއްވި މި އެހީތެރިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ ގައުމަށް ޝުކުރު އަދާކޮށްފައެވެ.

މި އާ ނިޒާމާއެކު އެއާޕޯޓުގެ ހިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް އުފުލިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ރަސްމިއްޔާތުގައި ކޮންޓްރޯލަރު ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙްގެ އިތުރުން ފުލުހުންނާއި ޖަލުތަކުގެ އިސްވެރިންނާއި ޖަޕާނު ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ޓެގް

އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.