ކުޅިވަރު ވޯލްޑްކަޕް 2026: އަނގަ ފޮރުވައިގެން ޒުވާބުކުރުން މަނާ: ބެލިންހަމް ރަތް ކާޑުން ސަލާމަތްވީ ކިހިނެއް؟

ވޯލްޑްކަޕް 2026: އަނގަ ފޮރުވައިގެން ޒުވާބުކުރުން މަނާ: ބެލިންހަމް ރަތް ކާޑުން ސަލާމަތްވީ ކިހިނެއް؟

ވޯލްޑްކަޕް 2026: އަނގަ ފޮރުވައިގެން ޒުވާބުކުރުން މަނާ: ބެލިންހަމް ރަތް ކާޑުން ސަލާމަތްވީ ކިހިނެއް؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފީފާއިން އަލަށް ތައާރަފްކުރި ގަވާއިދެއްގެ ދަށުން، މެޗުގެ ތެރޭގައި އަނގަ ފޮރުވައިގެން ވާހަކަދެއްކުމުން ރަތް ކާޑު ދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެފަދަ އަދަބަކުން ސަލާމަތްވެއްޖެއެވެ.

2026 ގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތާއި ގާނާ ބައްދަލުކުރި މެޗުގައި ބެލިންހަމް، ގާނާގެ ކުޅުންތެރިޔާ ޖޯޑަން އަޔޫއާ އަނގަ ފޮރުވައިގެން ވާހަކަދެއްކި ނަމަވެސް އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި މެޗުގައި ބެލިންހަމް ރަތް ކާޑަކުން ސަލާމަތްވީ، އޭނާ ޖޯޑަން އަޔޫއާ ވާހަކަދެއްކީ އެކުވެރި އަދި ހަމަޖެހޭ މާހައުލެއްގައި ކަމަށްވުމުންނެވެ. ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފީފާގެ އާ ގަވާއިދު ބުނާގޮތުން ކުޅުންތެރިއަކު އަނގަ ފޮރުވައިގެން ވާހަކަދެއްކުން މަނާވަނީ ހަމައެކަނި ދަނޑުމަތީގައި ދެބަސްވުންތަކާއި ހޫނުގަދަ ކުރިމަތިލުންތައް ހިނގާ ވަގުތުތަކުގައެވެ.

އިނގިރޭސިވިލާތާއި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން ބެލިންހަމް، އަޔޫއާ ވާހަކަދެއްކީ ވަރަށް ހަމަޖެހިގެން ހިނިތުންވުމާއެކުގައެވެ. އެހެންކަމުން އެއީ ދަނޑުމަތީގެ ހޫނުގަދަ ޒުވާބެއް ނޫންކަމަށް މެޗުގެ ރެފްރީންނާއި ވީއޭއާރު އިން ވަނީ ނިންމާފައެވެ.

ފީފާއިން މި ގަވާއިދު ތައާރަފްކުރީ ދަނޑުމަތީގައި ކުޅުންތެރިން ހިންގާ ނަސްލީ ތަފާތުކުރުންތަކާއި ހުތުރު ބަސްތައް ބޭނުންކުރުން، ކެމެރާތަކަށާއި ރެފްރީންނަށް ސިއްރުކުރުން ހުއްޓުވުމުގެ މަގުސަދުގައެވެ. މި ގަވާއިދުގެ ދަށުން މީގެ ކުރިން ޕެރަގުއޭގެ މިގޭލް އަލްމިރޮން ވަނީ ދަނޑުމަތީގައި ހިނގި ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި އަނގަ ފޮރުވައިގެން ވާހަކަދެއްކުމުން ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ޓެގް

ވޯލްޑް ކަޕް 2026

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.