ޚަބަރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ: ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު

ދީނީ ޢިލްމުވެރިޔާ ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ: ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު

ދީނީ ޢިލްމުވެރިޔާ ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެ: ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު (މ. ތޮއިބާ) އަވަހާރަވެއްޖެއެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީން ގްރެޖުއޭޓްވި ފުރަތަމަ ދިވެހި ދަރިވަރު ކަމަށްވާ ޝައިޚް އިސްމާޢީލަކީ، ރާއްޖޭގެ މިހާރުގެ ގިނަ ޢިލްމުވެރިންތަކެއްގެ އުސްތާޛެވެ. އެމަނިކުފާނު ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ކުރައްވައި، އަދި އަމިއްލަފުޅު މަދަރުސާއެއް ކަމަށްވާ “ޠައިބާ ސްކޫލް” ހިންގަވައި ގިނަ ދަރިވަރުންތަކަކަށް ދީނީ ތަޢުލީމު އުނގަންނައިދެއްވާފައެވެ.

ޝައިޚް އިސްމާޢީލް އަވަހާރަވިއިރު، އެމަނިކުފާނުގެ އަމިއްލަފުޅު ދީލަތި އެހީގައި ހުޅުމާލޭގައި “މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ” ބިނާކުރުމުގެ އަމަލީ މަސައްކަތް ދިޔައީ ކުރިއަށެވެ. ދެ ހާސް މީހުންގެ ޖާގައިގެ މި މިސްކިތަކީ އިސްލާމީ ދިރާސާތަކަށް ޚާއްޞަ ރިސަރޗް ލައިބްރަރީއަކާއެކު ބިނާކުރާ ރާއްޖޭގެ ފުރަތަމަ މިސްކިތެވެ. މި މަޝްރޫޢުގެ ބިންގާ މިއަހަރުގެ މާޗް މަހުގެ ތެރޭގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޝައިޚް އިސްމާޢީލް މުޙައްމަދުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ދިވެހި އުއްމަތަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުންނާއި ދީނީ ޢިލްމުވެރިން ދަނީ އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވަމުންނެވެ.

ޓެގް

އަވަހާރަވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.