ޚަބަރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިއަހަރުގެ އުންމީދީ މައިލްސްޓޯން ކަމަށްވާ އެއް މިލިއަންވަނަ ފަތުރުވެރިޔާ މިއަދު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޤަޠަރު އެއާވޭސްގެ ފްލައިޓަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފޭބި ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާއަށް މަރުޙަބާ ދެންނެވުމަށްޓަކައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން އާއި އެމް.އޭ.ސީ.އެލް އަދި އެމް.އެމް.ޕީ.އާރު.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެން ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ މިއަދު އައިސްފައިވާއިރު، މިއީ މި ދިޔަ އަހަރާއި އަޅާބަލާއިރު 20 ދުވަހުގެ އަވަސް ކުރިއެރުމެކެވެ. މިދިޔަ އަހަރު މި ޢަދަދު ހަމަވެފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ ފަތުރުވެރިކަން ބާރުމިނެއްގައި ކުރިއަރަމުންދާކަމުގެ ހެތްކެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މިއަހަރަށް ކަނޑައަޅާފައިވާ ރެކޯޑު އަދަދަށް ފަތުރުވެރިން ގެނައުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ބައެއް ބަދަލުތައް އައިސްފައިވީނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ޓެގް

ފަތުރުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.