ޚަބަރު ކަނޑުމަތިން އޮޔާދާ ތަކެތީގެ ސަބަބުން ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑުމަތިން އޮޔާދާ ތަކެތީގެ ސަބަބުން ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑުމަތިން އޮޔާދާ ތަކެތީގެ ސަބަބުން ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. ގުޅިއާއި ފުށިދިއްގަރުފަޅާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާވެދާނެ ފަދަ ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ސިފައިންގެ ކޯސްޓްގާޑަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އޮޔާދާ އުޅަނދެއްގެ ބައެއް ތަކެތި މިހާރު ދަތުރުކުރަމުންދާނީ އިރުމައްޗަށް ކަމަށް ބެލެވެއެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ ބޯޓުފަހަރާއި ލޯންޗުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން މިކަމަށް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޚާއްޞަކޮށް ރޭގަނޑު ވަގުތުތަކުގައި ކަނޑުދަތުރުކުރާއިރު ލޮލަށް ފެންނަ މިންވަރު ކުޑަވުމުގެ ސަބަބުން މިފަދަ ތަކެތީގައި އުޅަނދުފަހަރު ޖެހި ބޮޑެތި ގެއްލުންތަކެއް ވެދާނެތީ، ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވެއެވެ.

ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ އުޅަނދަކުންވެސް ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށާއި، މިފަދަ އެއްވެސް އެއްޗެއް ފެނިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށްވެސް އެދިފައިވެއެވެ.

ޓެގް

ކޯސްޓްގާޑް އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.