ޚަބަރު ރާއްޖޭގައި ހިމަބިހި ފެތުރެނީ، ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް!

ރާއްޖޭގައި ހިމަބިހި ފެތުރެނީ، ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް!

ރާއްޖޭގައި ހިމަބިހި ފެތުރެނީ، ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި (މީސަލްސް) ޖެހިފައިވާ މީހުންގެ އަދަދު 20 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އެ އެޖެންސީން ބުނި ގޮތުގައި ނިމިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އިތުރު 5 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިއީ ބަލި ފެތުރުން ހުއްޓުވުމަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހިފައިވާ ހާލަތެކެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން މިހާރު ވަނީ ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި މީހުން ދެނެގަނެ، އެފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދޭން ފަށާފައެވެ. މީގެ އިތުރުން، ބަލި ފެތުރުނު ގޮތް ދެނެގަތުމަށް ހާއްސަ އިންވެސްޓިގޭޝަނެއް ފަށާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ފާހަގަކުރި ގޮތުގައި ހިމަބިހި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ މި ބަލީގެ ދެ ޑޯޒް ވެކްސިން ފުރިހަމަނުކުރާ މީހުންނަށެވެ. އެހެންކަމުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ރައްކާތެރިވުމުގެ ގޮތުން ހުރިހާ ފަރާތްތަކުންވެސް ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅާފައެވެ.

ޓެގް

އެޗްޕީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.