ޚަބަރު އުފާވެރި ދުވަހެއް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސުލްޖުމުހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

އުފާވެރި ދުވަހެއް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސުލްޖުމުހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

އުފާވެރި ދުވަހެއް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސުލްޖުމުހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބައިނަލްއަޤުވާމީ ފައިސާގެ މުޢާމަލާތްތައް ކުރުމަށް މުޅި ދުނިޔޭގައި މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށް، އެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ބާސެލޮސް ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި މި ޚިދުމަތް ތަޢާރަފްކުރީ އުރީދޫ މޯލްޑިވްސްއާ އެކު ވެފައިވާ ޕާޓްނަޝިޕެއްގެ ދަށުންނެވެ.

އުރީދޫގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ލިބުމަކީ ރާއްޖޭގެ އިޤުތިޞާދު ބައިނަލްއަޤުވާމީ މައިދާނާ އެއްހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޚިދުމަތާއެކު ދިވެހިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލް ބަލައިގަންނަ ކޮންމެ ވިޔަފާރިއަކާއެކު ފަސޭހަކަމާއެކު މުޢާމަލާތް ކުރެވޭނެ މަގު މިވަނީ ފަހިވެފައެވެ.

ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ނިޒާމުތައް ރާއްޖެއަށް ގެނައުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އިކޮނޮމިކް މިނިސްޓްރީއާއި އުރީދޫ ގުޅިގެން ކުރި މި މަސައްކަތުގެ ސަބަބުން، ޒަމާނުއްސުރެ ދިވެހި ވިޔަފާރިތަކަށާއި އާންމުންނަށް ބައިނަލްއަޤުވާމީ ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކުރިމަތިވި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.