ކުޅިވަރު ވޯލްޑް ކަޕް 2026: ފަހު ވަގުތު ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފި، ސްވިޑަންއިން ތަފާތު ބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށްފި

ވޯލްޑް ކަޕް 2026: ފަހު ވަގުތު ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފި، ސްވިޑަންއިން ތަފާތު ބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށްފި

ވޯލްޑް ކަޕް 2026: ފަހު ވަގުތު ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފި، ސްވިޑަންއިން ތަފާތު ބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުގެ ތެރެއިން، ޖަޕާނުން ފަހު ވަގުތު ލަނޑު ޖަހައި ނެދަލެންޑްސްއާ 2-2 އިން އެއްވަރުކޮށްފިއެވެ.

އެމެރިކާގެ ޑަލަސްގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއިން ދެ ފަހަރެއްގެ މަތިން ލީޑު ނެގި ނަމަވެސް، ޖަޕާނުން ވަނީ ހިތްވަރުގަދަ ކުޅުމަކާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ނެދަލެންޑްސްގެ ލަނޑުތައް ވާޖިލް ވެން ޑައިކް އާއި ކްރިސެންސިއޯ ސަމަވިލް ކާމިޔާބުކޮށްދިންއިރު، ޖަޕާނުގެ ލަނޑުތައް ޖަހައިދިނީ ކެއިޓޯ ނަކަމޫރާ އާއި ޑައިޗީ ކަމާޑާއެވެ.

މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ގައުމު ކަމަށްވާ ސްވިޑަން އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ސްވިޑަންއެވެ. މެކްސިކޯގައި ކުޅުނު މި މެޗުގައި ސްވިޑަންގެ ޔާސީން އަޔާރީ ދެ ލަނޑު ޖަހައިދިންއިރު، އަލެކްސެންޑަ އިސާކް އާއި ވިކްޓަ ޔޮކޮރޭޝް އަދި މަޓިއަސް ސްވަންބާގް ވެސް ވަނީ ލަނޑު ޖަހާފައެވެ. ސްވަންބާގް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރިތާ 12 ސިކުންތު ތެރޭގައި ޖެހި ލަނޑަކީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ބަދަލު ކުޅުންތެރިއަކު އެންމެ އަވަހަށް ޖެހި ލަނޑެވެ.

ޓިއުނީޝިއާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އުމަރު ރެކިކްއެވެ. ސްވިޑަންގެ އަޔާރީ އޭނާގެ ބައްޕަގެ ގައުމު ކަމަށްވާ ޓިއުނީޝިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ބަދަލުގައި ސަޖިދަ ޖެހި މަންޒަރު ފެނިގެންދިޔައެވެ. މި ނަތީޖާއާއެކު ސްވިޑަން މިވަގުތު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.

ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު، ނެދަލެންޑްސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. އަދި ފުރަތަމަ މެޗުން މުހިންމު ޕޮއިންޓެއް ހޯދި ޖަޕާން ބައްދަލުކުރާނީ ވަރުގަދަ ފޯމެއްގައި އޮތް ސްވިޑަންއާއެވެ. މި މެޗުތަކަކީ ގްރޫޕްގެ ގަދަ ދެވަނަ ކަށަވަރުކުރުމަށް ހުރިހާ ޓީމަކަށްވެސް ނުހަނު ބޭނުންތެރި މެޗުތަކެކެވެ.

ޓެގް

ވޯލްޑް ކަޕް 2026

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.