ޚަބަރު

މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސުހާއަށް 529 ވޯޓު ލިބިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.

މި އިންތިޚާބަކީ މީގެކުރިން ބޭއްވި ވޯޓުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން، ހައިކޯޓުން ކުރި އަމުރަކަށް އަލުން ބޭއްވި އިންތިޚާބެކެވެ. ކުރީ ބުރުގައި ދެ ބޭފުޅުންނަށްވެސް 392 ވޯޓު ލިބިވަޑައިގަތުމުން، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މީދޫގެ ދެ ފޮއްޓަކާއި މާލޭގައި ބެހެއްޓި ފޮއްޓެއްގައި އަލުން ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ.

ސުހާގެ މި ކާމިޔާބީއާއެކު މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިހާރު ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. އެ ކައުންސިލްގެ މެންބަރު ކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑިވެސް ކުރިން ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށްވާތީ، މުޅި ކައުންސިލްގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ ސަރުކާރު ހިންގާ ޕާޓީއަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close