ޚަބަރު ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރު ފުރިހަމކުރި 137 ޒުވާނަކު ސިފައިންގެ ސަފުތަކާ ގުޅިއްޖެ

ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރު ފުރިހަމކުރި 137 ޒުވާނަކު ސިފައިންގެ ސަފުތަކާ ގުޅިއްޖެ

ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރު ފުރިހަމކުރި 137 ޒުވާނަކު ސިފައިންގެ ސަފުތަކާ ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އަލަށް ތައާރަފްކުރި “ދިވެހި ވަތަނީ ޚިދުމަތް” ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 137 ބައިވެރިއަކު، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި މިއަދު ދަސްވެނިވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 70 ރަށަކަށް ނިސްބަތްވާ މި ޒުވާނުންނަކީ، ވަތަނީ ޚިދުމަތުގެ ތަމްރީނަށްފަހު ސިފައިންގެ ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށް، އެ މުއައްސަސާއާ ގުޅުނު ފުރަތަމަ ފަހުލަވާނުންނެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަމްރީނު ފުރިހަމަކުރި ހުރިހާ ޒުވާނުންނަށް މަރުހަބާ ދަންނަވައި، އެ ކުދިން ދެއްކި ހިތްވަރަށް ސާބަސް ދެއްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އިސްލާމީ އަގީދާ ވަރުގަދަ، ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމެވެ.

މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާ ގޮތަށް ކުރިއަށްދިޔަ މި ތަމްރީނަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި ގައުމީ ޚިދުމަތުގެ ރޫހު އާލާކުރުމަށް ސަރުކާރުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫއެވެ. މިއަދު ދަސްވެނިވި ޒުވާނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ ބައެއްގެ ގޮތުގައި ގައުމީ ސަފުތަކާ ގުޅުނު ބައެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.