ޚަބަރު ބާރަށް ގުގުރާ ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ބާރަށް ގުގުރާ ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ބާރަށް ގުގުރާ ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު މެންދުރު 12:45 އިން ހަވީރު 17:00 އާ ހަމައަށް ނެރުނު މި ސަމާލުގައިވާ ގޮތުން، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ޢާންމުގޮތެއްގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ނަމަވެސް، ދެކުނުގެ އަތޮޅުތަކުގައި މޫސުން ޢާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. މޫސުމާ ބެހޭ އިދާރާއިން މޫސުމަށް އަންނަ މި ބަދަލުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާއިރު، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަން އިސްކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.