ބޭރުދުނިޔެ ސައުދީ އަރަބިއްޔާގެ ގަވާއިދުތަކާ ހިލާފުވި ހަތްހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ ގަވާއިދުތަކާ ހިލާފުވި ހަތްހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ ގަވާއިދުތަކާ ހިލާފުވި ހަތްހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިއްޔާގެ ގަވާއިދާއި، މަސައްކަތްކުރުމާ ބެހޭ ގާނޫނުތަކުގެ އިތުރުން ބޯޑަރުގެ ސަލާމަތީ އުސޫލުތަކާ ހިލާފުވި 7,760 މީހަކު އެއް ހަފުތާގެ ތެރޭގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ.

މިގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، އިގާމާ ގަވާއިދާ ހިލާފުވި 4,060 މީހުންނާއި، ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކުރަން އުޅުނު 2,574 މީހުންގެ އިތުރުން، ވަޒީފާއާ ބެހޭ ގަވާއިދުތަކާ ހިލާފުވި 1,126 މީހުންނެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި، ގަވާއިދާ ހިލާފަށް ސައުދީއަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކުރި 1,184 މީހުންގެ ތެރެއިން 70 އިންސައްތައަކީ އިތިއޯޕިއާ މީހުންނެވެ. އަދި 28 އިންސައްތައަކީ ޔަމަން މީހުން ކަމަށްވާއިރު، ބާކީ 2 އިންސައްތައަކީ އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މީގެ އިތުރުން، ސައުދީން އަވަށްޓެރި ގައުމުތަކަށް އެތެރެވާން އުޅުނު 25 މީހަކު ހައްޔަރުކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް އެހީތެރިވެ، އުޅޭނެ ތަނާއި ދަތުރުފަތުރުގެ ހިދުމަތް ދިން 16 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދޭ ފަރާތްތަކަށް، ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 1 މިލިއަން ސައުދީ ރިޔާލް (ގާތްގަނޑަކަށް 267,000 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމާއެކު، އެކަމަށް ބޭނުންކުރި އުޅަނދުފަހަރާއި މުދާ ދައުލަތަށް ނެގުމުގެ އިހުތިޔާރު ވެސް ސަރުކާރަށް ލިބިގެންވެއެވެ.

މިފަދަ ގާނޫނާ ހިލާފު އަމަލެއް ހިނގާކަމުގެ ޝައްކެއް ކުރެވޭނަމަ، މައްކާ އަދި ރިޔާދު ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން 911 އަށް، އަދި އެހެނިހެން ސަރަހައްދުތަކުން 999 ނުވަތަ 996 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގް

ސައުދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.