ޚަބަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވަނީ މި ހިނގާ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މިހާރު ވަނީ ފަށާފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ މުއައްސަސާގެ އޮފިސަރެއްގެ މައްޗަށް ކަމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ޖިނާއީ ކަންކަން ބަލަމުންދާ ކަމަށެވެ.

ޖިނާއީ ތަހުގީގުގެ އިތުރުން، ތުހުމަތު ކުރެވޭ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓެގް

ޖިންސީގޯނާ ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.