ޚަބަރުކުޅިވަރު

ޕާކިސްތާން އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ގެއްލިއްޖެއެވެ.

މިއީ މި މުބާރާތުގައި ރާއްޖެ ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ އަފްޢާނިސްތާން އަތުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ރާއްޖެއިން ވަނީ ކައުންޓަރ އެޓޭކުގައި ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޕާކިސްތާނުން މެޗު ޑޮމިނޭޓްކޮށް، ތިން ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ނަވާޒާއި، ޝަހުޒާދު އަދި ރާޝިދެވެ. ރާއްޖެއިން ވަނީ ދެވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) އާއި ނައްސާހު ކުޅެން އަރުވައިގެން ކުޅުން ރަނގަޅުކުރަން މަސައްކަތް ކޮށްފައެވެ.

މި މެޗުން ބަލިވުމާއެކު، މިރޭ އަފްޢާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، ރާއްޖެއަށް ފައިނަލަށް ދިއުމުގެ އެއްވެސް އުންމީދެއް މިހާރު ނެތެވެ. މި މުބާރާތުގެ ފައިނަލް މެޗުތަކަށް ޓީމުތައް ކަށަވަރުވާނީ މިރޭ ކުޅޭ މެޗަށް ފަހުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close