ޚަބަރު ހައްޖުވެރިން އަންނާތީ އެއާޕޯޓު ތޮއްޖެހުން ކުޑަކުރަން އާންމު ބަސް ބޭނުންކުރަން އެމްއޭސީއެލްއިން އެދެފި

ހައްޖުވެރިން އަންނާތީ އެއާޕޯޓު ތޮއްޖެހުން ކުޑަކުރަން އާންމު ބަސް ބޭނުންކުރަން އެމްއޭސީއެލްއިން އެދެފި

ހައްޖުވެރިން އަންނާތީ އެއާޕޯޓު ތޮއްޖެހުން ކުޑަކުރަން އާންމު ބަސް ބޭނުންކުރަން އެމްއޭސީއެލްއިން އެދެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ހައްޖުގެ މާތް އަޅުކަން ނިންމުމަށްފަހު ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުފެދޭނެ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމުގެ ގޮތުން އެއާޕޯޓަށް ދަތުރުކުރާއިރު އަމިއްލަ ވެހިކަލްތަކުގެ ބަދަލުގައި އާންމު ބަހުގެ ޚިދުމަތް ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ހައްޖާޖީން ގޮވައިގެން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އަންނަ ހުކުރު ދުވަހު ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން އަންނަ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ވެސް ހައްޖުވެރިންގެ އިތުރު ފްލައިޓްތައް ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

ގިނަ އަދަދެއްގެ ހައްޖުވެރިންނާއި، އެ ފަރާތްތަކަށް މަރުހަބާ ކިއުމަށް ޒިޔާރަތްކުރާ އާއިލާތަކާއި ރަހުމަތްތެރިންގެ ސަބަބުން މި ދުވަސްވަރު އެއާޕޯޓުގެ ބޭރު ސަރަހައްދު އާދަޔާ ހިލާފަށް ބާރުބޮޑުވެ، މަގުތައް ތޮއްޖެހޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

އެއާޕޯޓުގެ ޓްރެފިކް އިތުރުވުމާ ގުޅިގެން އަމިއްލަ ކާރާއި ސައިކަލްތަކުގައިދާ ފަރާތްތަކަށް ޕާކިންގް ޖާގަ ހޯދުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. އެހެންކަމުން އެއާޕޯޓަށްދާ ދަތުރުވެރިންނާއި އާއިލާތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ވެހިކަލްތައް ގިނަވުން ހައްލުކުރުމަށްޓަކައި ވީހާވެސް ބޮޑަށް ބަހުގެ ޚިދުމަތް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިރުޝާދު ދީފައެވެ.

ޓެގް

އެމްއޭސީއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.