ޚަބަރު ފެނަކައިގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

ފެނަކައިގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

ފެނަކައިގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކޮށް ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން, ހަތަރު މަހުގެ މުސާރަ އެއްފަހަރާ ލިބޭ ގޮތަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ އިތުރުން އާލީ ރިޓަޔަމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި މިއަދު ހުރިހާ ޑިޕާޓްމަންޓްތަކަށް ފޮނުއްވި މެމޯއެއްގައިވާ ގޮތުން، މުވައްޒަފުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާއިން ފެށިގެން ޖޫން 14، ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި ފުރުސަތުތަކަށް އެދެން ބޭނުންވާ މުވައްޒަފުން ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ކަމަށްވާއިރު، މި ފިޔަވަޅަކީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަލަށް އައްޔަނުކުރި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިންގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ސިޔާސަތެއްގެ ބައެކެވެ.

ފެނަކައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވީނަމަވެސް، ވޭތުވެދިޔަ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ނުފޫޒުން ގިނަ އަދަދެއްގެ ވަޒީފާތައް އުފައްދާފައިވުމުން ކުންފުންޏަށް ވަނީ މާލީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮރަޕްޝަނާއި އިސްރާފުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ހިދުމަތް ދިނުމުގައި ބުރޫއަރަމުންދާ ފެނަކަ ސަލާމަތްކުރުމުގެ ގޮތުން ދާދިފަހުން އެ ކުންފުނީގެ ބައެއް ރަށްރަށުގެ އިންޖީނުގެތައް ހިންގުން ސްޓެލްކޯއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ޓެގް

ފެނަކަ ކޯޕަރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.