ބޭރުދުނިޔެ އީރާނުން ކުވޭތަށް ދިން ހަމަލާތައް ސައުދީން ކުއްވެރިކޮށްފި

އީރާނުން ކުވޭތަށް ދިން ހަމަލާތައް ސައުދީން ކުއްވެރިކޮށްފި

އީރާނުން ކުވޭތަށް ދިން ހަމަލާތައް ސައުދީން ކުއްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުވޭތަށް އީރާނުން ދިން ހަމަލާތައް ސައުދީ އަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކުވޭތަށް އަމާޒުކޮށް އީރާނުން ދެމުންދާ “ތަކުރާރުވަމުންދާ އަދި ނުބައި” ހަމަލާތައް ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ކުށްވެރިކޮށްފިއެވެ.

ހޯމަ ދުވަހު އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯން ހަމަލާތައް ކުވޭތުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާއިރު، އެ ގައުމުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ މިސައިލެއް ވައްޓާލާފައިވާ ކަމަށް ވޮޝިންގޓަނުން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނީ، ކުވޭތުގެ އިސްތިގުލާލަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފަށް ދެމުންދާ މިފަދަ ހަމަލާތައް އެ ގައުމުން އެއްގޮތަކަށްވެސް ބަލައިނުގަންނާނެ ކަމަށެވެ.

“މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ،” އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުވޭތުގެ ސަރުކާރާއި ރައްޔިތުންނާއެކު ސައުދީން ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، އެ ގައުމުގެ މިނިވަންކަމާއި، ސަލާމަތާއި، ހަމަޖެހުމުގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުވޭތުން އަޅާ ކޮންމެ ފިޔަވަޅަކަށް ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ސައުދީން ވަނީ ބުނެފައެވެ.

ޓެގް

ކުވެއިތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.