ކުޅިވަރު ޕެނަމާގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ބްރެޒިލުން ވޯލްޑްކަޕަށް ތައްޔާރުވެއްޖެ

ޕެނަމާގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ބްރެޒިލުން ވޯލްޑްކަޕަށް ތައްޔާރުވެއްޖެ

ޕެނަމާގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ބްރެޒިލުން ވޯލްޑްކަޕަށް ތައްޔާރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފީފާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން 6-2 ގެ ބޮޑު ނަތީޖާއަކުން ޕެނަމާ ބަލިކޮށްފިއެވެ.

ރިއޯޑިޖެނީރޯގެ މަރަކާނާ ސްޓޭޑިއަމްގައި 72,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ދެވަނަ ހާފުގައި މުޅި ޓީމު އެއްކޮށް ބަދަލުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް ލަނޑުތައް ޖަހައިދިނީ ވިނިޝިއަސް ޖޫނިއާ އާއި ކަސެމީރޯއެވެ. ދެވަނަ ހާފުގައި ރަޔާން، ޕަކޭޓާ، އީގޯ ތިއާގޯ އަދި ޑެނީލޯ ލަނޑުތައް ކާމިޔާބުކުރިއިރު، ޕެނަމާގެ ދެ ލަނޑަކީ ބްރެޒިލްގެ މެތިއުސް ކޫނިއާ އަތުން ބައިކޮޅަށް ވަން ލަނޑަކާއި މެޗުގެ ފަހު ވަގުތު ކާލޯސް ހާވޭ ޖެހި ލަނޑެކެވެ.

ހަވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި ހޯދުމަށް އަމާޒުހިފާފައިވާ ބްރެޒިލް ހިމެނެނީ މޮރޮކޯ، ހެއިޓީ އަދި ސްކޮޓްލޭންޑާއެކު ގްރޫޕް ސީގައެވެ. މުބާރާތުގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

ޓެގް

ވޯލްޑްކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.