ޚަބަރު

މީހުންގެ އަބުރަށް ރައްކާތެރިވޭ، އަޅުގަނޑު ސަރުކާރަށް ތައުރީފެއް ނުކުރަން: ޝެއިޙް އަލީ ޒައިދު

ކުޅުދުއްފުށީގައި ބޭއްވި “މަށި މާލި” ޕެރޭޑާ ގުޅުވައިގެން “އަދަދު” ނޫހުން ޝާއިޢުކުރި ޚަބަރަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު އެ ނޫހަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. އެ ނޫހުން ވަނީ ޒައިދު ސަރުކާރަށް ތާއީދުކުރައްވާތީ ޕެރޭޑް ހަރާމްކޮށް، އެއީ ޝައިތާނީ އަމަލެއް ކަމަށް އޭނާ ބުނި ކަމަށް ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޒައިދު ވިދާޅުވީ، އޭނާ ސަރުކާރަށް ތައުރީފު ނުކުރައްވާ ކަމަށާއި، ނޫސްތަކުން މީހުންގެ އަބުރާ ބެހި، ސާބިތު ނުހިފޭ ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ ކަމަށެވެ. ސިޔާސީ ގޮތުން ފާޑުކިޔުމަކީ މައްސަލައެއް ނޫން ނަމަވެސް، މީހުންގެ ޒާތީ ކަންކަމާ ދިމާކޮށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ޒައިދު އިތުރަށް ސާފުކޮށްދެއްވި ގޮތުގައި، އޭނާ “ޝައިތާނީ އަމަލު” ކަމަށް ސިފަކުރެއްވީ އިޖުތިމާއީ އަހުލާގުން ބޭރުވެ މީހުންނަށް މަލާމާތްކޮށް ހެދުމެވެ. އެއީ ވަކި ސަރުކާރެއްގެ ދިފާއުގައި ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް ދެއްކެވި ވާހަކައެއް ނޫން ކަމަށާއި، “އަދަދު” ނޫހުން އެ ވާހަކަ އޮޅުވާލާފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ޝައިޚްގެ ވާހަކައިން ދޭހަވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close