ޚަބަރު ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ ވޯޓު އާދިއްތަ ދުވަހު ބާއްވާ މި ދައުރުގެ ފަހު ޖަލްސާއަށް!

ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ ވޯޓު އާދިއްތަ ދުވަހު ބާއްވާ މި ދައުރުގެ ފަހު ޖަލްސާއަށް!

ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ ވޯޓު އާދިއްތަ ދުވަހު ބާއްވާ މި ދައުރުގެ ފަހު ޖަލްސާއަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ، މިއަންނަ އާދިއްތަދުވަހު ބާއްވާ މި ހިނގާ ދައުރުގެ އެންމެ ފަހު ޖަލްސާއަށް ތާވަލްކޮށްފިއެވެ.

މި ޖަލްސާއަކީ، ސަރުކާރު ހިންގާ ޕީއެންސީގެ 72 މެންބަރުންގެ ސޮޔާއެކު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު، ޤާނޫނީގޮތުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ބާއްވާ ޖަލްސާއެކެވެ.

މި މައްސަލައިގެ ބަހުސަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެއްގަޑިއިރުގެ ވަގުތެއް ކަނޑައަޅާފައެވެ. އޭގެ ތެރެއިން 50 މިނެޓު މެންބަރުންގެ ބަހުސަށް ޚާއްޞަކުރެވިފައިވާއިރު، އަމިއްލަ ދިފާޢުގައި ވާހަކަދެއްކެވުމަށް ނާޒިމަށް 10 މިނެޓުގެ ފުރުޞަތެއް ލިބިވަޑައިގަންނަވާނެއެވެ. ނާޒިމްގެ މައްޗަށް މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައިވަނީ މުޖުތަމައުގައި ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ އަމަލުތަކެއް ހިންގެވި ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕާޓީން ފަށާފައި މިވަނީ އޭނާއަށް ކުރެވޭ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެންނެވެ. އާދިއްތަ ދުވަހުގެ ޖަލްސާގައި މި ގަރާރާމެދު ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ މި ދައުރު ނިމިގެންދާނެއެވެ. މިއީ 20 ވަނަ މަޖިލީހުގެ އިސް މަގާމަކުން ބޭފުޅަކު ވަކިކުރުމަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ.

ޓެގް

އަޙްމަދު ނާޒިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.