ޚަބަރު ރައީސްއާ ސުވާލުކޮށްގެން ޖަލަށްލީ ‘އަދަދު’ގެ ނޫސްވެރިޔާ ޝަހުޒާން މިނިވަންވެއްޖެ

ރައީސްއާ ސުވާލުކޮށްގެން ޖަލަށްލީ ‘އަދަދު’ގެ ނޫސްވެރިޔާ ޝަހުޒާން މިނިވަންވެއްޖެ

ރައީސްއާ ސުވާލުކޮށްގެން ޖަލަށްލީ ‘އަދަދު’ގެ ނޫސްވެރިޔާ ޝަހުޒާން މިނިވަންވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެން، ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ބުނެ 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު މިނިވަންވެއްޖެއެވެ.

ޝަހުޒާން މިނިވަންކޮށްފައިވަނީ ހުކުމުގެ މުއްދަތު ހަމަވުމުން މިއަދު ހުޅުމާލެ ޖަލުންނެވެ. އޭނާ މިނިވަންވި ވަގުތު މަރުހާބާ ކިޔުމަށް އާއިލާގެ މެންބަރުންނާއި ގިނަ އަދަދެއްގެ ނޫސްވެރިން ޖަލު ސަރަހައްދަށް އެއްވެފައި ތިއްބެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލަކީ ކްރިމިނަލް ކޯޓުން ނެރުނު ‘ގެގް އޯޑަރާ’ ހިލާފު ސުވާލެއް ކަމަށް ބުނެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ޖަލަށްލުމަށް ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 25,800 ރުފިޔާގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ.

ޝަހުޒާންގެ އިތުރުން ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ލިޔުނު ޚަބަރެއްގެ މައްސަލައިގައި ކޯޓު އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި 10 ދުވަހަށް ޖަލަށްލިއެވެ. ނަމަވެސް، ލީވާންގެ ހުކުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު މިނިވަންވެފައެވެ. ޝަހުޒާން އޭނާގެ ހުކުމް ތަންފީޒުކޮށްފައިވަނީ މާފުށި ޖަލުގައެވެ.

ޓެގް

ކްރިމިނަލްކޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.