ޚަބަރު އީދު ކުޅިވަރުތައް ދީނީ ހުދޫދުގެ ތެރޭގައި ބޭއްވުމަށް ހުތުބާގައި ގޮވާލައިފި

އީދު ކުޅިވަރުތައް ދީނީ ހުދޫދުގެ ތެރޭގައި ބޭއްވުމަށް ހުތުބާގައި ގޮވާލައިފި

އީދު ކުޅިވަރުތައް ދީނީ ހުދޫދުގެ ތެރޭގައި ބޭއްވުމަށް ހުތުބާގައި ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު މުޅި ރާއްޖޭގައި ކުރި އަޟްޙާ އީދު ނަމާދުގެ ހުތުބާގައި، އީދުގެ ހަރަކާތްތައް އިންތިޒާމްކުރާ ފަރާތްތަކުން މާތްﷲއަށް ބިރުވެތިވެ، އިސްލާމީ އަދަބުތަކާއި ހުދޫދުތަކުގެ ތެރޭގައި ކަންކަން ކުރިއަށް ގެންދިއުމަށް ވަރުގަދަ އިލްތިމާސެއް ކޮށްފިއެވެ.

“އީދުގެ އަދަބުތައް” މި މައުޟޫއަށް އިއްވި ހުތުބާގައި ބަޔާންކުރި ގޮތުގައި، އީދަކީ އުފާފާޅުކުރުމާއި ކުޅިވަރު ކުޅުމުގެ ދުވަހެއް ނަމަވެސް، އެ އުފާފާޅުކުރުންތައް ބައްޓަންކުރަންވާނީ އިސްލާމީ މިންގަނޑުތަކުގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް، އީދު ފާހަގަކުރުމުގެ ނަމުގައި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރުތައް ކުޅުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، އަދި ފިރިހެނުން އަންހެން ހެދުން އަޅައިގެން ހަރަކާތްތައް ހިންގުމަކީ ދީނީ ގޮތުން ނަހީކުރައްވާފައިވާ ކަންކަން ކަމުގައި ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތުބާގައި އިތުރަށް ބުނީ، އީދުގެ އެންމެހާ ކަންކަން އިންތިޒާމްކުރާ ފަރާތްތަކުން އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތް ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއް ކަމަށެވެ. އަދި މީހުންނަށް މަލާމަތާއި ފުރައްސާރަވާ ފަދަ ކަންކަމުން އީދު ކުޅިވަރުތައް ސަލާމަތްކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ އުންމަތުގެ އެހެން ގައުމުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާންކުރުމަށްވެސް ހުތުބާގައި ގޮވާލިއެވެ. ހާއްސަކޮށް ފަލަސްތީނުގެ ގައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ހެޔޮ ދުއާކުރުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީ މުސްލިމް މަސައްކަތްތެރިންވެސް އީދުގެ އުފަލުގައި ބައިވެރިކުރުމަށް ހުތުބާގައި ވަނީ ބާރުއަޅާފައެވެ.

ޓެގް

އަޟްޙާ ޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.