ޚަބަރު އީދު އިސްތިހާރު ކުރުމަށް އަންހެން ކުދިން ބޭނުންކުރުމަކީ “ޒަމާނީ ހަށިވިއްކުން” ފަދަ ކަމެއް: ޝައިޚް ނިޝާން

އީދު އިސްތިހާރު ކުރުމަށް އަންހެން ކުދިން ބޭނުންކުރުމަކީ “ޒަމާނީ ހަށިވިއްކުން” ފަދަ ކަމެއް: ޝައިޚް ނިޝާން

އީދު އިސްތިހާރު ކުރުމަށް އަންހެން ކުދިން ބޭނުންކުރުމަކީ “ޒަމާނީ ހަށިވިއްކުން” ފަދަ ކަމެއް: ޝައިޚް ނިޝާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަށްރަށުގެ އީދު ފާހަގަކުރުމަށްޓަކައި އެ ރަށެއްގައި އުޅޭ އަންހެން ކުދިން އިސްތިހާރު ކުރުމަކީ އެނގިގެން ނުވަތަ ނޭނގި ނަމަވެސް ކުރެވެމުންދާ “ޒަމާނީ ހަށިވިއްކުމުގެ” އަމަލެއްގެ ގޮތުގައި ސިފަކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވައިފިއެވެ.

ޝައިޚް ވިދާޅުވީ އީދު ކުޅިވަރުތަކަށް މީހުންގެ މަގުބޫލުކަން ހޯދުމަށް އަންހެން ކުދިން ބޭނުންކޮށްގެން ވީޑިއޯ ލަވަތައް އުފެއްދުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، މިއީ އެ ކުދިންގެ އިއްޒަތާއި ހުރުމަތް ކަނޑާލުން ކަމަށެވެ.

މިފަދަ ޕްރޮމޯޝަނަލް ލަވަތައް ނެރުން މިހާރު އާންމުވެފައިވަނީ އެއް ރަށަށްވުރެ އަނެއް ރަށެއްގެ ހަރަކާތްތަކަށް މީހުން ޝައުގުވެރިކުރުވުމަށާއި، ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމުގެ ބޭނުމުގައެވެ. މިއުޒިކް ގްރޫޕްތަކުގެ މެދުގައި އޮންނަ ވާދަވެރިކަމެއްގެ ބޮޑުކަމުން، ދެޖިންސުގެ މީހުން މަސްހުނިވެގެންނާއި އަންހެން ކުދިން ކުރިއަށް ނެރެގެން ތަފާތު ވީޑިއޯތައް އުފައްދަމުންދާ ދިއުމަކީ މުޖުތަމައުގެ އަޚްލާޤީ މިންގަނޑުތަކަށް އޮތް ނުރައްކަލެއް ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ.

މިއުޒިކް އާލާތްތައް ބޭނުންކުރުމަކީ ދީނީގޮތުން ޙަރާމް ކަމެއްކަން ހަނދާންކޮށްދެއްވަމުން، ﷲ ގެ ވަޙީބަސްފުޅުތަކާއި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބޯލަނބައި، އަންހެނުންގެ ކަރާމާތް ރައްކާތެރިކުރުމަށް ޝައިޚް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި އިންސާނާ ނުބައި މަގުތަކަށް މަގުދައްކާ ފަދަ ގޮތްގޮތަށް ލަވަތަކާއި މިއުޒިކް ބޭނުންކުރުމަކީ ދީނީގޮތުން ބޮޑެތި ނުބައި ބަދަލުތަކެއް މުޖުތަމައަށް އަންނާނެ ކަމެއް ކަމަށްވެސް ޝައިޚް އިންޒާރު ދެއްވިއެވެ.

ޓެގް

ޢީދު ފާހަގަކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.