ޚަބަރު

މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑިއްޖެ، ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މާލެ އާއި ހުޅުމާލެއިން އެއްކޮށް މިއަދު މެންދުރު 12:00 ހާއިރު ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ މިއީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެދުކެނޑުނު ކަރަންޓެއް ކަމަށާއި، މިހާރު މައްސަލަ ދެނެގަނެ އަލުން ކަރަންޓު ދިނުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.

މި ބްލެކްއައުޓް ދިމާވެފައި މިވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ އަޕްގްރޭޑިން މަސައްކަތެއް ރޭ ފަތިހު 3:00 އިން ހެނދުނު 8:00 އަށް ކުރިއަށް ގެންގޮސް، އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ސްޓެލްކޯއިން ހާމަކޮށްފައިވަނިކޮށެވެ. އެ މަސައްކަތް ކުރިއަށްދިޔަ ވަގުތު އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކަމަށް ސްޓެލްކޯއިން ކުރިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުމުގެ ހާދިސާއެއް އެންމެ ފަހުން ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ފަހަރު ކަރަންޓު އިއާދަކުރުމަށް ފަސް ގަޑިއިރު ހޭދަވިއިރު، މިއަދުގެ މައްސަލަ ހައްލުކޮށް ކަރަންޓު ދެވޭނެ ސީދާ ވަގުތެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close