ޚަބަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްޙާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްޙާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްޙާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްޙާގު ހުސައިން، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްޙާގު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި، އެކަން ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މި ހަފުތާގައި ވަނީ ސިޓީ ފޮނުއްވާފައެވެ.

މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އިސްތިއުފާގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިސްޙާގު މި މަގާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބަލައި، އަވަސް ހައްލެއް ހޯދައިދިނުމަށް އުފައްދާފައިވާ ގާނޫނީ އިދާރާއެކެވެ. އިސްޙާގު އިސްތިއުފާ ދެއްވިއިރު، އެ ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ ނައިބު ރައީސަކާއި ހަތަރު މެންބަރުންނެވެ.

ޓެގް

ވަޒީފާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.