ޚަބަރު ރައްޔިތުންގެ ޝަކުވާ ބަލާ ބިއުރޯގެ އިސްވެރިޔަކަށް ޑރ. މާހިދު އައްޔަންކުރައްވައިފި

ރައްޔިތުންގެ ޝަކުވާ ބަލާ ބިއުރޯގެ އިސްވެރިޔަކަށް ޑރ. މާހިދު އައްޔަންކުރައްވައިފި

ރައްޔިތުންގެ ޝަކުވާ ބަލާ ބިއުރޯގެ އިސްވެރިޔަކަށް ޑރ. މާހިދު އައްޔަންކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ހިންގެވުމުގެ އިސް މަސްއޫލިއްޔަތު، މިނިސްޓަރުންގެ ފެންވަރުގައި ޑރ. މުހައްމަދު މާހިދު ޝަރީފާ މިއަދު ހަވާލުކުރައްވައިފިއެވެ.

“ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް” ގެ މަގާމަށް އޭނާ އައްޔަންކުރެއްވުމާއެކު، ރައީސް އޮފީހުގައި މިނިސްޓަރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ އަދަދު މިވަނީ 12 އަށް އުފުލިފައެވެ. މިއީ ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އުފެދުނު ސަރުކާރެއްގައި މި ފެންވަރުގެ މަގާމުތައް އެންމެ ގިނަ އަދަދަކަށް އުފެއްދި ފަހަރެވެ.

ޑރ. މާހިދަކީ މީގެ ކުރިން ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ފަދަ ޒިންމާދާރު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަގާމުގައެވެ.

އަލަށް އުފެއްދި މި ބިއުރޯގެ މައިގަނޑު މަސައްކަތަކީ އެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލައިގަނެ، އެކަންކަމަށް ޖަވާބުދާރީވުމެވެ. މި ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން 24 ގަޑިއިރު އަމަލީ ގޮތުން ހަރަކާތްތެރިވާ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ލިޔުމަށް ގެންނަން ބޭނުންވާ ބަދަލު…

ޓެގް

ރައީސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.