ޚަބަރު ވ. އަތޮޅު ކޭވްއަށް ޑައިވްކުރަނިކޮށް މަރުވި އިޓަލީގެ ހުރިހާ ޑައިވަރުންގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅު ކޭވްއަށް ޑައިވްކުރަނިކޮށް މަރުވި އިޓަލީގެ ހުރިހާ ޑައިވަރުންގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅު ކޭވްއަށް ޑައިވްކުރަނިކޮށް މަރުވި އިޓަލީގެ ހުރިހާ ޑައިވަރުންގެ ހަށިގަނޑު ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައަކަށް ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑު މިއަދު ވަނީ އެއްކޮށް ނަގައި ނިންމާފައެވެ.

މިދިޔަ ހޯމަ ދުވަހު ހަތަރު މީހެއްގެ ހަށިގަނޑު ލޮކޭޓްކުރެވިފައިވާއިރު، މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ އިޓަލީ ސަރުކާރުން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ޓީމަކާއި، އެމްއެންޑީއެފް އަދި ފުލުހުންގެ ޑައިވަރުން ގުޅިގެންނެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރަކާއި، އޭނާގެ ދަރިފުޅުގެ އިތުރުން ދެ ދިރާސާވެރިންނާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. މި މަހުގެ 14 ވަނަ ދުވަހު މި މީހުން ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ ކަނޑާއި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނުނީ ހާދިސާ ހިނގި ދުވަހުގެ އިރުއޮއްސުނު ވަގުތު 60 މީޓަރު އަޑިންނެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނުން ހަށިތައް ނެގުމަށްފަހު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިޓަލީ ސަރުކާރުން މިހާރު ދަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ. މި ހިތާމަވެރި ހާދިސާއަކީ ރާއްޖޭގެ ޑައިވިން ތާރީޚުގައި ހިނގި މިފަދަ އެންމެ ބޮޑު އެއް ހާދިސާއެވެ.

ޓެގް

އިޓަލީ އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.