ޚަބަރު ޤައުމީ ޤުރުއާން މުބާރާތަށް ބޮޑުތަރުހީބެއް ލިބި 3053 ފަރާތަކުން އޮޑިޝަންގައި ބައިވެރިވެއްޖެ

ޤައުމީ ޤުރުއާން މުބާރާތަށް ބޮޑުތަރުހީބެއް ލިބި 3053 ފަރާތަކުން އޮޑިޝަންގައި ބައިވެރިވެއްޖެ

ޤައުމީ ޤުރުއާން މުބާރާތަށް ބޮޑުތަރުހީބެއް ލިބި 3053 ފަރާތަކުން އޮޑިޝަންގައި ބައިވެރިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ބާއްވާ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް ބޮޑުތަރުހީބެއް ލިބިފައިވކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ރޭ މުއްދަތު ހަމަވިއިރު ޖުމްލަ 3,053 ބައިވެރިން ވަނީ ރަޖިސްޓްރީވެފައެވެ. މިއީ މުބާރާތުގެ އުޞޫލަށް ގެނައި ބަދަލާއެކު، 26 އަހަރުން ދަށުގެ ކޮންމެ ދިވެއްސަކަށް ފަރުދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުން ލިބުނު ބޮޑު ތަރުޙީބެއްކަމަށް އެމިނސްޓްރީން ބުންޏެވެ.

މުބާރާތުގެ ފެންވަރު މަތިކުރުމަށް މިފަހަރު ވަނީ ތިން ބުރަކަށް ބަހާލާފައެވެ. އެގޮތުން ރަށްރަށާއި މާލޭގައި ބާއްވާ އޮޑިޝަންތަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ނަތީޖާ ހޯދާ 500 ބައިވެރިން ސެމީ ފައިނަލަށް ހޮވޭނެއެވެ. އަދި އޭގެ ތެރެއިން ފައިނަލް ބުރަށް ހޮވޭނީ އެންމެ މޮޅު 150 ބައިވެރިންނެވެ. ފައިނަލް ބުރުގައި ވާދަކުރަން އަތޮޅުތަކުން މާލެ އަންނަ ކުދިންނަށް ސަރުކާރުން ހާއްސަ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ އަށް އުމުރުފުރާއަކަށާއި ޙާފިޡުންގެ ބަޔަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ އެންމެ މަތީ ވަނަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ތަޢުލީމީ ގޮތުން ކުރިއަށް ދިއުމަށް ރަނގަޅު ފުރުޞަތުތަކެއް ފަހިކޮށްދޭނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ ޤުރުއާނާބެހޭމަރުކަޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.